މިހާރުވެސް މަސްވެރިކަން ކުރަމުންދާ، ތަޖުރިބާގެ ގޮތުން ފާހަގަ ކޮށްލެވޭ ކެޔޮޅު
މިހާރުވެސް މަސްވެރިކަން ކުރަމުންދާ، ތަޖުރިބާގެ ގޮތުން ފާހަގަ ކޮށްލެވޭ ކެޔޮޅަކަށް ހޮވިފައިވަނީ ގއ. ވިލިނގިލީ ރޭނިސް، ޝަމްޢޫން މުޙައްމަދުއެވެ.
ޝަމްޢޫން މުޙައްމަދަކީ ޢުމުރުން އެންމެ 16 އަހަރުން ފެށިގެން ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކެޔޮޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ޝަމްޢޫންގެ ކާފަ، ބައްޕަ އަދި ބޭބެމެންނާ އެކު މަސްވެރިކަމުގައި ފަޅުވެރިއެއްގެ ގޮތުން ތަމްރީނުވިއިރު، ވަރަށް ގިނަ މައުލޫމާތު އަދި ހުނަރު ދަސްވެފައިވާކަން ޝަމްޢޫން ފާހަގަކުރައްވައެވެ. މޫސުން، ކަނޑުގެ އޮއިވަރު ދެމޭގޮތް، ވައިގެ ބާރުމިނާއި މިސްރާބު، އަދި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް ބަލައި، މަސްވެރިކަން ރަނގަޅު ސަރަޙައްދުތައް ހޯދާނެ ގޮތުގެ މައުލޫމާތު އަދި ޢަމަލީ ތަޖުރިބާ ލިބުމަށްފަހު ދޯނީގެ ކެޔޮޅުގެ ގޮތުގައި ޝަމްޢޫން މަސްވެރިކަން ކުރަން ފެއްޓެވީ އުމުރުން 20 އަހަރުގައެވެ.
