މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް ، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ކ. މަނިޔަފުށި ރިސާރޗް އެންޓް ޓްރެއިނިންގ ފެސިލިޓީގައި އަންނަ ޖެނުއަރީ 24 އިން ފެބްރުއަރީ 05 އަށް ކުރިއަށ ްގެންދާ މި ކޯހުގައި ބައިވެރިވެވެނީ ޖުމްލަ 15 ފަރާތަކަށެވެ. އަދި 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. މި ކޯސް ކުރިއަށް ގެންދަނީ މި ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ (އެމްއެމްއާރުއައި) އާއި ގުޅިގެންނެވެ.
11 ޖެނުއަރީ 2026 ގެ ނިޔަލަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
https://www.gazette.gov.mv/iulaan/372837
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
