ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ވިލިމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ވިލިމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ރޭ 04:15 ހާއިރު ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ ފަތިހު 05:10 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
-1766858840972.webp)