logo
banner image

މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތުގައި ވަޒީރު ބައިވެރިވަޑައިގަންނަވައިފި.

މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތުގައި ވަޒީރު ބައިވެރިވަޑައިގަންނަވައިފި.

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ރައްޔިތުން މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނަށް މަރުޙަބާ ދެންނެވުމަށް ބ. ތުޅާދޫގައި ބޭއްވި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވަޑައިގަންނަވައިފި.

މިއީ މި އަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ވާހަގަކުރުމުގެ ގޮތުން ތުޅާދޫ ކައުންސިލާއި މީދޫ ކައުންސިލާ ގުޅިގެން އެއްބައިވަންތަކަމުގެ ދަތުރުގެ ނަމުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެއް.

އެއްބައިވަންތަކަމުގެ ދަތުރުގެ ނަމުގައި ކުރިއަށް ދިޔަ މި ހަރަކާތުގައި މީދޫން ތިން ސަތޭކައަށް ވުރެ ގިނަ ރައްޔިތުން ވަނީ މިއަދު ތުޅާދޫއަށް ދަތުރުކޮށްފައި.

މެންދުރު 14:30ގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ބ. ތުޅާދޫގެ ކުދިބޮޑު އެންމެން ވަނީ ބައިވެރިވެ އެއް ބައެއް، އެއް ލެޔެއް ވަންތަ ރޫޙު ދައްކުވައިދީފައި. މި ހަރަކާތް ކުރިއަށް ދިޔަ ވަގުތުގައި އިސްރަށްވެހީންގެ މޫނު މަތިން ފެނިގެން ގޮސްފައިވަނީ ވަރަށް ވެސް އުފާވެރި މަންޒަރުތަކެއް.

މި ދަތުރުގެ މަޤުޞަދެއް ގޮތުގައި ދެ ރަށު ކައުންސިލުން ފާހަގަކުރައްވާފައިވަނީ މިކަމަކީ ދެ ރަށު ރައްޔިތުންގެ މެދުގައި ޒަމާނުންސުރެ އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރަށް ބަދަހިކޮށް އުފާވެރި ގުޅުން އިތުރަށް ވަރުގަދަކުރުން ކަމުގަ. މި ހަރަކާތް ނިމިގެން ދިޔައީ މީދޫ ރައްޔިތުންނަށް ޙާއްޞަކޮށް ތައްޔާރުކޮށްފައިވާ އަރާފަނީގެ ސަޔަކުން.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް މި ދެ ރަށުގެ ކައުންސިލުގެ ފަރާތުން ކުރިއަށް ގެންދިޔުމުގައި، މާދަމާ ވެސް ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި.