logo
banner image
ޞިއްޙީ ވުޒާރާ

ވިލިމާލޭގައި އަޅާ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތްކުރަމުންދަނީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމަކުންނެވެ.

މި ޓީމުން ސާރވޭއާއި ޑިޒައިންގެ މަސައްކަތްތައް އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މުހިންމު ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރިއަށްގެންދާނެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތައްވެސް ހުންނާނެއެވެ.