logo
banner image

މިއީ ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން، ޤައުމީ ރޫޙު ކުރިއަށް ނެރުއްވަންވީ ވަގުތު: ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން، އެބޭފުޅެއްގެ ޤައުމީ ރޫޙު ކުރިއަށް ނެރުއްވަންވީ ވަގުތު، މިއީ ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، 2025 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ އިއުލާންކުރުމަށް ރޭ ޞަލާޙުއްދީނު އިސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ތަރިކައިގެ ދާއިރާ މިހާރު ދެކެމުން މި ދަނީ ވަރަށް ދީލަތި އަދި ނަސީބުވެރި ދުވަސްތަކެކެވެ. އެއީ ދިވެހި ދައުލަތުން ޚާއްޞަކޮށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތަޞައްވުރެއް މި ދާއިރާއާ މެދު އޮވެ، ގުޅުންހުރި މުއައްސަސާތަކަށް މަގުތައް ފަހިކޮށްދެއްވަމުން ގެންދެވުމުން ކަމަށެވެ. އެހެންކަމުން، ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން ޤައުމީ ރޫޙު ކުރިއަށް ނެރެ، އިޚްލާޞްތެރި ޚިދުމަތުގައި ވަރުބަލިނުވެ، ވީރާނާވެފައިވާ ދިވެހި ތަރިކައިގެ ތަންތަން އަލުން އާރާސްތުކުރުމަށް އެއް އަޒުމެއްގައި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގަތެވެ.

އެމަނިކުފާނު ވަނީ، ދިވެހި ތަރިކައިގެ ދާއިރާ ވަކިގޮތަކަށް ތަރުތީބުކުރައްވައި، ޚާއްޞަ އިސްކަމެއް ދެއްވައިގެން ދިވެހި ޤައުމިއްޔަތު ނަގަހައްޓަވަން ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އިޚްލާޞްތެރި، ބުރަ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ