logo
banner image

ކޮންމެ ކުއްޖަކު ވެސް އެކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން އަބަދުވެސް ދިވެހި ޤައުމާ އެއްކޮޅަށް ބޭނުންކުރަން ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކޮންމެ ކުއްޖަކު ވެސް އެކުދިންނަށް ލިބިފައިވާ އަދަބީ ހުނަރުތައް ދިވެހި ޤައުމާ އެއްކޮޅަށް، ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މި ޖަލްސާ ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ޞަލާޙުއްދީނު އިސްކޫލުގައެވެ.

ޖަލްސާގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުންގެ މަޒުމޫނު ލިޔުމާއި، ވާހަކަ ދެއްކުމާއި، ޅެންވެރިކަމުގެ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެމަނިކުފާނު ވަނީ ދީނީ އަދި ޤައުމީ މަސްލަޙަތު ހިމެނޭ ލިޔުންތައް ލިޔުމަށާއި، ފަސާދައަށް ނޫނެކޭ ބުނުމަށާއި، އުފެއްދުންތެރި ޚިޔާލުތައް އާއްމުކުރުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ ނިންމާލައްވަމުން އެދިވަޑައިގަތީ، ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއް ވެސް ލިޔެ، ކޮންމެ ވާހަކައެއް ވެސް ޙަޤީގަތާއި މަސްލަޙަތާއި އެއްގޮތަށް ބުނުމަށެވެ. އަދި، ދަރިވަރުންގެ މި ލޮބުވެތި ވަޠަން ދެކެ އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ލޯބިވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.