logo
banner image
ޚާރިޖީ ވުޒާރާ

ބަޙްރެއިންގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ބަޙްރެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލްޒަޔާނީ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީ:

"ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، ބަޙްރެއިން ސަރުކާރަށާއި ރައްޔިތުންނަށް، ޤައުމީ ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ބަޙްރެއިން ގެ މި މުނާސަބާ ރަމްޒުކޮށްދެނީ ބަޙްރެއިންގެ ފަޚުރުވެރި ތާރީޚާއި، ޤައުމީ އެއްބައިވަންތަކަމާއި، ބަޙްރެއިންގެ ވިސްނުންތެރި ލީޑަޝިޕްގެ ދަށުން ހޯދާފައިވާ ކުރިއެރުންތަކެވެ. އަދި ސަރަޙައްދީ ތަރައްޤީއާއި އެއްބާރުލުމަށް ބަޙްރެއިންއިން ދެމުން އަންނަ އަހަންމިއްޔަތުކަން ފާހަގަކުރަމެވެ.

ބަޙްރެއިން އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ ކުރިއަރަމުން އައިސްފައިވާ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުމަކީ ދިވެހިރާއްޖެއިން އެ ގުޅުމުގެ އަގު ނުހަނު ވަޒަންކުރާ ގުޅުމެކެވެ. އަދި މިގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާ ވެގެންދާނޭކަމަށް އަޅުގަޑު ޔަޤީން ކުރަމެވެ. މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކާމިޔާބީއަށް އަދި ބަޙްރެއިންގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާފާގަތިކަމަށް އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."