logo
banner image

މިނިސްޓަރ، ޕޯޓް ޓްރެއިނިންގ ސެންޓަރުގެ ދިރާސީ އަހަރު ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ޓްރެއިނިންގ ސެންޓަރުގެ ދިރާސީ އަހަރު ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އަންކްޓަޑްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕުރޮގުރާމުގެ ބެސްޓް ޑިސަރޓޭޝަން އެވޯޑާއި ބެސްޓް އޯލް ރައުންޑް އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީގެ ސްކޮލަރޝިޕަށް ހޮވުނު ދަރިވަރަށް ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޤާބިލުކަން ބިނާކުރުމުގައި އެމްޕީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ޕޯޓް ޓްރެއިނިންގ އާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ފުރިހަމަކުރި ބައިވެރިންނަށް މަރުޙަބާ ދެންނެވިއެވެ.