logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.15 އޮންލައިން ބޭންކިންގ މެދުވެރިކޮށް ފައިސާ ދެއްކުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.

އޮންލައިން ބޭންކިންގ މެދުވެރިކޮށް ފައިސާ ދެއްކުން

6.15

(ހ) ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުޢާމަލާތްތައް، އޮންލައިން ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކުރެވޭނީ، އެފަދަ ޚިދުމަތެއްގައި ބައިވެރިވުމުގެ ކުރިން، އެ އޮފީހަކުން އެކަމަށް އެދި އެކައުންޓަންޓް ޖެނެރަލްގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އޮންލައިން ނުވަތަ އިންޓަރނެޓް ބޭންކިންގގެ ޚިދުމަތް ހޯދުމަށް ހުއްދަދެވިފައިވާ ފަރާތްތަކުން އެ ޚިދުމަތް ހޯދަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.