"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.14 ބޭރުފައިސާއިން ފައިސާ ދެއްކުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.
ބޭރުފައިސާއިން ފައިސާ ދެއްކުން
6.14
(ހ) ރާއްޖެއިން ބޭރުން ހޯދާ ޚިދުމަތަކަށް ނުވަތަ ގަންނަ އެއްޗަކަށް ބޭރުފައިސާއިން ފައިސާ ދެއްކިދާނެއެވެ. ބޭރުފައިސާއިން ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ ދޫކުރާނީ، ޑައިރެކްޓް ކްރެޑިޓަކުން ނުވަތަ އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރ ބޭނުންކޮށްގެންނެވެ.
(ށ) ރާއްޖެއިން ބޭރުން ހޯދާ ޚިދުމަތަކަށް ނުވަތަ ގަންނަ އެއްޗެއްގެ އަގު އަދާކުރުމުގައި، އެ ޚަރަދު ކުރަންޖެހޭ ފައިސާއަކުން ފައިސާ ދައްކާނީ، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ މިނިސްޓްރީން ހުއްދަދޭ، ރާއްޖޭގައި ޤާއިމުވެފައިހުރި ބޭންކެއް މެދުވެރިކޮށެވެ.
(ނ) ފައިސާ ދެއްކުމުގައި، ފައިސާ ދައްކަންޖެހޭ އަދަދާއި، ބޭންކް ޗާޖާއި، އެ މުޢާމަލާތަކާ ގުޅޭ ހުރިހާ ޚަރަދެއް ހިމެނޭގޮތަށް، އެ ޚަރަދު ކުރުމަށް ކަނޑައަޅައިފައިވާ އެކައުންޓަކުން ފައިސާ ދައްކަންވާނެއެވެ.