"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.10 ޚަރަދުކުރުމަށް އިންކާރުކުރެވޭ ހާލަތްތައް
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.
ޚަރަދުކުރުމަށް އިންކާރުކުރެވޭ ހާލަތްތައް
6.10
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، މި ގަވާއިދާއި، އަދި މިނޫންވެސް ޤާނޫނަކާއި ގަވާއިދަކާ ޚިލާފަށް ނުވަތަ ޚަރަދުކުރުމަށް ދީފައިވާ އިރުޝާދުތަކާ ޚިލާފަށް އެއްވެސް ޚަރަދެއް ކުރާނަމަ، އެ ޚަރަދެއް ކުރުން ހުއްޓުވުމުގެ އިޚުތިޔާރު، އެކައުންޓަންޓް ޖެނެރަލްއަށް ލިބިގެންވެއެވެ.