logo
banner image

މަސްކެނޑުމުގެ މުބާރާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންފިއެވެ.

އަންހެނުންނާއި، ފިރިހެނުން ހިމެނޭހެން ދެ ކެޓަގަރީއަކަށް ބަހާލައިގެން ދުވާފަރު ބަނދަރުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މިނިސްޓަރ ވަނީ މަސް ކަނޑުއްވާފައެވެ.

މަސްވެރިންގެ ދުވަހު މަސްވެރިންނާއެކު ބޭއްވި މި މުބާރާތުގައި މިނިސްޓަރ ބައިވެރިވެވަޑައިގެންނެވީ މަސްވެރިންކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް މަސްކެނޑުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުބާރާތުގެ ފިރިހެނުންގެ ކެޓަގަރީން އެއް ވަނަ އަލީ ނައީމް ހޯދި އިރު އަންހެނުންގެ ކެޓަގަރީން އެއް ވަނަ ހޯދީ އާއިޝަތު ޢަލީއެވެ.