ދުވާފަރުގައި ކުނި މެނޭޖްކުރާ މަރުކަޒުގެ މަޝްރޫއު މިނިސްޓަރ ފައްޓަވައިދެއްވައިފި
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ކުންޏާއި، ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައި ދެއްވައިފިއެވެ.
މި މަޝްރޫޢު އިފްތިތާޙްކުރެވުނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.
މި މަޝްރޫޢު ފައްޓަވައިދެއްވުމަށް މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
