logo
banner image
ޚާރިޖީ ވުޒާރާ

ތައިލެންޑް ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެ ޤައުމުގެ ޚާރިޖީ ވަޒީރު ސީހަސަކް ޕުންގްކެތުކުއައު އަށް ތަހުނިޔާ ފޮނުއްވައިފި

ތައިލެންޑް ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސީހަސަކް ޕުންގްކެތުކުއައު އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ތައިލެންޑް ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މަނިކުފާނަށާއި ތައިލެންޑް ސަރުކާރަށް އަދި ތައިލެންޑް ގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަޅުގަނޑު އަރިސްކުރަމެވެ.

ދިވެހިރާއްޖެ އާއި ތައިލެންޑް އާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާ ވެގެންދާނޭކަމަށް އަޅުގަޑު ޔަޤީން ކުރަމެވެ. އަދި މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ތައިލެންޑް ގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."