އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރި ކުރުމަށް ވޯކްޝޮޕެއް ބާއްވަނީ
މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE)ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވަން މި މިނިސްޓްރީން ދަނީ ތައްޔޜުވަމުންނެވެ.
މިމަހުގެ 7 – 8 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ފަރާތަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނޭނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަންޑުވެރިއެކެވެ.
މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި ކުރިޔަށް ގެންދާނީ މާލޭ ސިޓީގައެވެ. އަދި އެއަށް ފަހު، ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އއ. ތޮއްޑޫގައެވެ.
ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް ނުވަތަ މޯލްޑިވިސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް އަކީ މުހިންމު ސްޓޭންޑަރޑެކެވެ. މިހާތަނަށް ރާއްޖޭގައި 10 ދަނޑުވަނީ އެމްގެޕް ސެޓިފައިޑް ވެފައެވެ. އެއީ ށ. ގޮައިދޫގެ މިއީ ފުރަތަމަ ފަހަރަށް 5 މޮޑިއުލް ފުރިހަމަކޮށް ސެޓިފައިޑްވި ފުރަތަމަ ފަހަރެވެ.
