ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބާބު 5 - 5.05 ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ދަފުތަރު ބެލެހެއްޓުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ދަފުތަރު ބެލެހެއްޓުން
5.05
(ހ) ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ތެރެއިން އެ އޮފީހަކަށް ލިބޭ ފައިސާގެ ދަފުތަރެއް ދައުލަތުގެ ކޮންމެ އޮފީހަކުން ވެސް ބަލަހައްޓަންވާނެއެވެ. މި ދަފުތަރުގައި، އެ ފައިސާއެއް ނަގަން ހަމަޖެހުނު ޤާނޫނު ނުވަތަ ގަވާއިދު ނުވަތަ އެ ކަމެއް ހަމަޖެހުނު ގޮތުގެ ތަފުސީލާއި ރިފަރެންސް ނަންބަރާއި ތާރީޚު އެނގެން އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު އޮންނަންވީ ގޮތުގެ ނަމޫނާ، MG/RV01 މި މިނިސްޓްރިގެ ވެބްސައިޓުގައި ޝާއިޢުކޮށްފައި ވާނެއެވެ.