logo
banner image
ޚާރިޖީ ވުޒާރާ

ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެ ޤައުމުގެ ޚާރޖީ ވަޒީރު ތޮންގްސަވަންހ ފޮމްވިހާން އަށް ތަހުނިޔާ ފޮނުއްވައިފި

ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ތޮންގްސަވަންހ ފޮމްވިހާން އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ލާއޯސް ގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުގެ އިޚުލާސްތެރި އުންމީދަކީ، ދިވެހިރާއްޖެ އާއި ލާއޯ އާއި ދެމެދު އޮތް އެކުވެރި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ވަރުގަދަވެގެންދިއުމެވެ. މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ލާއޯސް ގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."