logo
banner image
ދިފާޢީ ވުޒާރާ

މަމްސް އެންޖީއޯގެ ބައިވެރިންނަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ސެލްފް ޑިފެންސް ސެޝަނެއް ކުރިއަށް ގެންގޮސްފި

މަމްސް އެންޖީއޯގެ ބައިވެރިންނަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ސެލްފް ޑިފެންސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އޭޑީކޭ ވެލްނެސް ކުލަބުގައި މި މަހުގެ 28ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މި ސެޝަނުގައި، ސެލްފް ޑިފެންސްގެ އެކިއެކި އުކުޅުތައް ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީ ފަރިތަކޮށްދީފައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ކިޔަވައިދިން މި ކުލާސްތަކުގައި، މަމްސް އެންޖީއޯގެ 25 ފަރާތަކުން ބައިވެރިއެވެ.