logo
banner image

މިވުޒާރާގެ މުވައްޒަފުންނަށް ލައިފް ސްކިލްސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމެއް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ލައިފް ސްކިލްސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިގެންދާނީ މި ވުޒަރާއިން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ މައްޗަށެވެ.

މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 05 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމުގައި، ޅ، ގއ، ޏ، ށ، ސ، ނ، ހދ، ތ، ވިލިގިލީ އިޖްތިމާޢީ މަރުކަޒު އަދި މި ވުޒާރާގެ އެކި އެކި ސެކްޝަން ތަކުން ބައިވެރިވެފައިވެއެވެ.