ރޮމޭނިއާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ރޮމޭނިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އޮއާނާ-ސިލްވިއާ ސޯޔޫ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ރޮމޭނިއާ ސަރުކާރާއި ރައްޔިތުންނަށް، ރޮމޭނިއާގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑުގެ އުންމީދަކީ ރޮމޭނިއާ އާއި ދިވެހިރާއްޖެ އާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެ ކުރިއެރުމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
