logo
banner image

މި އަހަރު އޮކްޓޫބަރު މަހު މި ވުޒާރާގެ ހެލްޕްލައިންއަށް ލިބިފައިވާ ކޯލުތަކުގެ އަދަދު

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2105 ކޯލު ވަނީ ލިބިފައެވެ.

އެގޮތުން، މި ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1650 ކޯލު ވަނީ ލިބިފައެވެ. މީގެ ތެރެއިން، 36 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1356 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 258 ކޯލު ވަނީ ލިބިފައެވެ.

ހަމައެހެންމެ، މި ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 455 ކޯލު ވަނީ ލިބިފައެވެ.