logo
banner image

މި އަހަރު އޮކްޓޫބަރު މަހު މި ވުޒާރާއަށް ހުށަހެޅިފައިވާ އަޅައިލުމާއި އެހީތެރިވުމާ ގުޅުންހުރި މައްސަލަތަކުގެ ތަފާސް ހިސާބު

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިވުމާއި ގުޅޭ 08 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 06 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 05 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 01 މައްސަލައެކެވެ.

ހަމައެހެންމެ، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަމުގެ 02 މައްސަލަ ވެސް ވަނީ އޮކްޓޫބަރު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 01 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 01 މައްސަލައެކެވެ.

އޮކްޓޫބަރު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 06 މައްސަލައާއި އަންހެނުންގެ 02 މައްސަލައެވެ.