logo
banner image

ސަރުކާރަށް 104 ހަފްތާ: އިިސްރަށްވެހިންގެ ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުން

އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރަމާލޭގައި 'އިސްރަށްވެހިންގެ ނާދީ' ޤާއިމުކުރެވުނެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުގެ ހިޔާ-8 ގައި ވެސް އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި އަތޮޅުތެރޭގައި މިފަދަ ނާދީތައް ޤާއިމުކުރުމަށް ވުޒާރާއިން ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނައިރު، މިހާތަނަށް 77 ކައުންސިލުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. 2025 ވަނަ އަހަރު، 4 ކައުންސިލްއަކަށް ނާދީތައް ޤާއިމުކުރުމާއި ހަރަކާތްތައް ހިންގާނެ ގޮތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނާދީތަކުގައި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން، ލުއި ކަސްރަތު ޕްރޮގްރާމާއި، މިންހެޔޮ ކާނާ ތައްޔާރު ކުރާނެ ގޮތްތަކާއި، ޞިއްޙީ، އިޖުތިމާޢީ އަދި ދީނީ ތަފާތު މަޢުޟޫތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ސެޝަންތަކާއި ތަފާތު ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. އެގޮތުން އިސްރަށްވެހިންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅިގެން މިހާތަނަށް އިސްރަށްވެހިންގެ ނާދީގައި ވަނީ 612 ހަރަކާތެއް ހިންގާފައިވާއިރު، މި އަހަރު މި ހަރަކާތްތަކުގައި 15،494 މީހުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމަށް، މި ވުޒާރާއާއި އެޗް.ޑީ.ސީއާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.