ކާފު ފޯރަމް 2025 ގައި ދަނޑުވެރިކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ދަންފަޅިއެއް ކުރިޔަށް ގެންގޮސްފި
ކ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތުލުސްދޫގައި ބޭއްވި ކާފު ފޯރަމްގައި، ނޮވެމްބަރު 29 ވަނަ ދުވަހު ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ދަންފަޅިއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ދަންފަޅީގައި، ކާފު އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް، ވަނީ މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ހިންގާ ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދީފައެވެ. އަދި 'ދަނޑުވެރިޔާ ޕޯޓަލް' ބޭނުންކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ގޭގައި ގަސްހެއްދުމާއި ހައިޑްރޮޕޮނިކްސްއާ ގުޅޭގޮތުން ވެސް ކުރުކޮށް މަޢުލޫމާތު ވަނީ ދީފައެވެ.
މި ސެޝަންއަކީ ކ އަތޮޅު ކައުންސސިލުން، ކާފު ފޯރަމް 2025 ގެ ބައެއްގެ ގޮތުގައި "ދަނޑުވެރިކަމާއި ގުޅޭ " ސެޝަން އެއް ގެންގޮސްދެއްވުމަށް މި ވުޒާރާގައި އެދުމުން ކުރިޔަށް ގެންދިޔަ ދަންފަޅި އެކެވެެ.
