logo
banner image
ދިފާޢީ ވުޒާރާ

ޞަލާޙުއްދީން ސްކޫލުގެ ކެޑޭޓުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ޞަލާޙުއްދީން ސްކޫލުގެ ކެޑޭޓު ކޭމްޕުގެ ކެޑޭޓުންނަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޞަލާޙުއްދީން ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓާއި އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

136 ކެޑޭޓުންނާ 12 ޓީޗަރުން ބައިވެރިވި މި ހަރަކާތްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުގެ ފަޔަރފައިޓަރުންނެވެ.