އައި.ޔޫ.އެމްއާއި ޔުނިސެފް އިން ކުޑަކުދިންގެ ހައްޤުތައް ހިމާތަކުރުމާއި ގުޅޭ ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައި.ޔޫ.އެމް), ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަރޖެންސީ ފަންޑް އަދި ޔުނައިޓެޑް ނޭޝަންސް މޯލްޑިވްސްގެ ފަރާތުން ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ ސެޝަނެއް ބާއްވައިފައެވެ.
"ބިލްޑިންގ ފިއުޗަރސް: ސެކިޔުއަރިންގ ޗައިލްޑް ރައިޓްސް އެންޑް ރެސްޕޮންޑިންގ ޓު ދަ އެޑޮލޮސެންޓް ޗެލެންޖް"ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި، ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކާއި ކުރިއަށްއޮތް މުސްތަޤްބަލުގައި ކުރަންއޮތް މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައިފައެވެ.
މި ސެޝަންގައި، އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ވަޙީދާ އަދި އައި.ޔޫ.އެމްގެ ޑީން އޮފް ސެންޓަރ ފޮރ ރިސަރޗް ޕަބްލިކޭޝަންސް، ޑރ. އައިމިނަތު ޝަފިއްޔާ އާދަމް ވަނީ ވާހަކަދައްކަވައިފައެވެ.
