logo
banner image

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

މި ނޮވެމްބަރު 26އިން 29އަށް ޗައިނާގެ ޗޮންގްޗިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެލާޔަންސް ފޮރ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިޔާ (އާޗާ)ގެ ދެވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަތް ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖޭގެ ތަރިކައިގެ ދާއިރާ ޢިލްމީ ގޮތެއްގައި ތަރައްޤީކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގައި އާޗާއަކީ ފަންނީ ގޮތުުން އެހީތެރިކަން ދެއްވިދާނެ މުހިންމު ބައިވެރިއެއްކަމަށް ވުޒާރާއިން ދެކެވަޑައިގަންނަވައެވެ.

އާޗާއިން މެންބަރު ޤައުމުތަކަށް އެހީތެރިކަންދޭ ދާއިރާތަކުގެ ތެރޭގައި ތަރިކަ އިއާދަކުރުމާއި، މަރާމާތުކުރުމާއި ޓެކްނޯލޮޖީއާއި އިންސާނީ ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.