logo
banner image

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކީ އަބަދުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރަމުންދާ މިނިސްޓްރީއެކެވެ. އުމްރާނީ ތަރައްޤީގެ ދާއިރާއިން މި މިނިސްޓްރީން ފޯރުކޮށްދެމުންދާ ޙިދުމަތްތަކަކީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ޙިދުމަތްތަކެކެވެ. މިގޮތުން ރާއްޖޭގެ ރަށްތަކުގެ މަގުތައް ހަރުދަނާކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް 104 ހަފްތާ ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި މަގުހެދުމުގެ ބޮޑެތި މަޝްރޫޢުތައް ވަނީ ފެށިފައެވެ. މި މަޝްރޫޢުތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ މި ދައުރުގެ ތެރޭގައި މަސައްކަތްތައް ނިންމާލެވޭނެކަން ސާބިތުކޮށްދިނުމެވެ. މިކަމުން ސަރުކާރުގެ ހަރުދަނާކަމާއި، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް އޮތް އަޒުމު ހާމަވެގެންދެއެވެ. 

މިނިސްޓްރީގެ މޭސްތިރިއަކަށް ހުންނެވި، މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްގެ ދުރުވިސްނޭ އިރުޝާދާއި ބުރަމަސައްކަތުގެ ސަބަބުން، މިނިސްޓްރީގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް ގެންދެވޭކަން އެމަނިކުފާނު އަބަދުވެސް ސާބިތުކޮއްދެއްވައެވެ. މިގޮތުން މަގުހެދުމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމުގައި އެމަނިކުފާނުގެ ހިއްސާ އޮތް މިންވަރު ފާހަގަކުރެވެއެވެ. 

މިދިޔަ ދުވަސްތަކުގައި މަގުހެދުމުގެ 6 މަޝްރޫޢު ވަނީ ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ނިންމާލެވިފައެވެ. މި މަޝްރޫޢުތައް ނިމުމާއެކު އެ ރަށްރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމަށްޓަކައި އިތުރު 87 މަޝްރޫޢުގެ މަސައްކަތް ވަނީ އެކި ކުންފުނިތަކާއި ހަވާލުކުރެވިފައެވެ. މި މަޝްރޫޢުތައް ނިމުމުން، އެތައް ރައްޔިތެއްގެ ދިރިއުޅުމަށް ލުއިފަސޭހަ ގޮތްތަކެއް ލިބި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު އުމްރާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރަމުންނެވެ.