logo
banner image

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަމާލެ ބްރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ތިލަމާލެ ބްރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ތިލަމާލެ ބްރިޖު މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވައިލައްވާ ބްރިޖުގެ ހާލަތު ދެނެގަތުމަށް ރައީސް ވެލައްވާފައިވާ ވަފުދުފުޅުގެމަތިން ބްރިޖް މަސައްކަތް ކުރައްވާ ސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ. މިއަދު ކުރިއަށްގެންދިޔަ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އާއި ކެބިނެޓުގެ ވަޒީރުން އަދި ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ. މީގެ އިތުރުން، ގުޅީފަޅުގައި ބްރިޖު މަސައްކަތް ކުރާ ސަރަޙައްދަށް ވަޑައިގެން މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ ޙިއްސާކުރެއްވިއެވެ.