logo
banner image

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް 104 ހަފްތާ ފުރިހަމަވެގެންދާއިރު، ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންދަނީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި، ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް އައު ހަލުވިކަމެއް ލިބިފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ރާއްޖޭގެ ރައްތަކަކީ ވަށައިގެންވާ ކަނޑުގެ ބާރުން ގުޅިފައިވާ މުޖުތަމައަކަށްވީ ހިނދު ރައްރަށުގެ ބަނދަރުގެ ތަރައްޤީއަކީ އިޤްތިޞާދީ ކުރިއެރުމާއި، ދަތުރުފަތުރުގެ ފަސޭހައާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް 104 ހަފްތާ ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް މިވަނީ ފައްޓަވާދެއްވަން ތައްޔާރުވެ، އަދި 2 އަހަރު ތެރޭގައި މަޝްރޫއުތައް ނިންމެމުންދާކަން ސާބިތުކޮށްދީފައެވެ. މިކަމުން ދައްކުވައިދެނީ ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ތައްޔާރަށް އޮތް މިންވަރާއި، ވައުދުތައް ފުއްދުމަށް ހުރި އަޒުމެވެ. މިހާތަނަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ތަރައްޤީކުރުމުގެ 11 މަޝްރޫޢުވަނީ ކާމިޔާބީއާއެކު ނިމިފައެވެ. މީގެ އިތުރުން، ރާއްޖޭގެ އިތުރު 101 ރަށުގައި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްގެ ދުރުވިސްނޭ އިރުޝާދުގެ ދަށުންނާއި، ބުރަ މަސައްކަތުގެ ސަބަބުން، މި މަޝްރޫޢުތައް މިހާ ހަލުވިކަމާއެކު ކުރިއަށް ގެންދެވުމުގައި ވަރަށް ބޮޑު އެހީއެއް ވެއެވެ. އެމަނިކުފާނުގެ ލަފާދެއްވުން ތަކާއެކު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުކުރުމަށް ބޭނުންވާ ބިންގާ އެޅިފައިވަނީ ވަރަށްވެސް ފުރިހަމައަށްކަން ޤަބޫލުކުރެވެއެވެ.