logo
banner image

އެމް.އެން.ޔޫ އަދި ކަރޓިން ޔުނިވާސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ކަރޓިން ޔުނިވާސިޓީއާއި ދެމެދު މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމާއި ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.

މި އެއްބސްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ކަރޓިން ޔުނިވާސިޓީގެ ފަރާތުން ޕްރޮފެސަރ،ޝިއޯޓިއަން ޒްޖަންގ ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުމުގެ ދަށުން، މަތީ ތަޢުލީމީ ދާއިރާ ކުރިއަރުވައި، ޢިލްމީ ދިރާސާކުރުމާއި،ދެ ޔުނިވާސިޓިގެ ފަރާތުން ގުޅިގެން ތަފާތު އެކި މަސައްކަތްތައްކުރުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން، ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި އިންޓަރންޝިޕްގެ ފުރުޞަތުތައް މެދުވެރިކޮށް، ދެ ޔުނިވާސިޓީގެ ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކުރުމާއި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފޯރުކޮށްދިނުމަކީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ކަރޓިން ޔުނިވާސިޓީއާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ އޮސްޓްރޭލިޔާގެ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ، ޑޭވިޑް ޖެސްއަޕް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.