logo
banner image
ދިފާޢީ ވުޒާރާ

އެފް.އާރ.އެސް.އިން އެފްއެސްއެމްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފި

އެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސުކޫލުގައި މިއަދު ކުރިއަށްގެންދިޔަ ފަޔަރ އެވެއަރނެސް ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ. އަދި މި ސެޝަނުގައި ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދީފައިވެއެވެ.

އެފްއެސްއެމްގެ 31 މުވައްޒަފުން ބައިވެރިވި މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.