logo
banner image
ދިފާޢީ ވުޒާރާ

ހުރަވީ ސްކޫލުގެ ދަރިވަރުން، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ހުރަވީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލު ގްރޭޑް 10ގެ 107 ދަރިވަރުން މިއަދު ކުރި ޒިޔާރަތުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަނީ އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން އެ ކުދިންނާ ގުޅޭގޮތަށް ކިޔަވައިދީފައެވެ. އަދި އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.