logo
banner image
ދިފާޢީ ވުޒާރާ

ޕްރެޝަރު ކުކަރެއް ގޮވައި، ދުން ބޯވުމާ ގުޅިގެން އެފް.އާރ.އެސް.އިން ހަރަކާތްތެރިވެއްޖެ

ގ. ޒަމާންގައި ޕްރެޝަރު ކުކަރެއް ގޮވައި، ދުން ބޯވުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 09:53 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ގެއަށް ގޮސް، ހަރަކާތްތެރިވެފައެވެ. މިގޮތުން، ޕްރެޝަރު ކުކަރު ގޮވައިގެން ގޭތެރޭގައި ދުން ބޯވެފައި ހުރުމުން، ގޭތެރެއިން ދުން ބޭރުކުރުމުގެ މަސައްކަތް ފަޔަރފައިޓަރުން ވަނީ ކޮށްފައެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.