logo
banner image

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް: 3000 ހައުސިން ޔުނިޓަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ 3000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމެއްގައި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ދެމުދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ދިރިއުޅުމަށް ފަހި ތަންތަން ފޯރުކޮށްދިނުމެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ބީ.އެމް.އެލްގެ އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާމްއެވެ.

މި ސްކީމްގެ ދަށުން އަޅާ 3000 ހައުސިން ޔުނިޓަކީ ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިން ޕުރައިވެޓް ލިމިޓެޑުން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ މި އެއްބަސްވުމާއެކު، ހައުސިންގ މަޝްރޫޢުގެ މަސައްކަތްތައް ފެށުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.