logo
banner image

އަންހެނުން ބާރުވެރި ކުރުވުމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވާ ޚާއްޞަ އެވޯޑު "ރެހެންދި އެވޯޑު" 2024 އަދި 2025 ހަވާލުކުރުމުގެ ހަފްލާ ބާއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދް އެވެ.

ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް އޮންނަނީ މައިގަނޑު 2 ކެޓަގަރީއެކެވެ. އެގޮތުން، ވަކި ވަކި އަންހެންނުންނާއި، ޖަމުޢިއްޔާ ޖަމާޢާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއް ހިމެނެއެވެ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.

މި ހަފްލާގައި ތަފާތު އެކި ދާއިރާތަކުން ކަނބަލުން މި އެވޯޑަށް ކުރިމަތިލައްވާފައިވާއިރު 2024 ވަނަ އަހަރު ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. މި ފަރާތްތަކުގެ ތެރެއިން ރެހެންދި އެވޯޑު ޙާޞިލުކުރައްވާފައިވަނީ 5 ފަރާތަކުންނެވެ.

1. އަލްއުސްތާޛާ މަރްޔަމް އިނާޝާ، ކ. ކާށިދޫ، މާވިން (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

2. އަލްފާޟިލާ މަރްޔަމް މުރުޝިދާ، ތ. ވިލުފުށި، ތަނޑިރަތްމާގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

3. އަލްފާޟިލާ އަސްމާ ޙަސަން، ހދ. ކުޅުދުއްފުށި, ހިކިފިނިފެންމާގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

4. އަލްފާޟިލާ ޢާއިޝަތު ޠާއިފާ، ހދ. ކުޅުދުއްފުށި، ޓޯޓަލްގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

5. ވިމެންސް އެންހޭސްމަންޓް (ވީ)، ލ.ފޮނަދޫ، ފުރުއްމާގެ (އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)

މީގެ އިތުރުން، 2025 ވަނަ އަހަރު ރެހެންދި އެވޯޑަށް 28 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. އަދި މި ފަރާތްތަކުގެ ތެރެއިން ރެހެންދި އެވޯޑު ޙާޞިލްކުރައްވާފައިވަނީ 10 ފަރާތަކުންނެވެ.

އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

1. އަލްފާޟިލާ އާޢިޝަތު ހުސައިން، އަތަމާގެ، ގއ.ކަނޑުހުޅުދޫ

2. އަލްފާޟިލާ އާމިނަތު އާދަމް ކޮއި، ދަފްތަރު ނަމްބަރު އާރް،އެސް 2823 / މާލެ

3. ޑރ. ރުޚުޝާނާ އަހުމަދު، މ.ހުދުކާނޭޝަން/ މާލެ

4. އަލްފާޟިލާ ސަފާތު އަހުމަދު ޒާހިރު، ހުޅުމާލެ ގޯތި 10228، /ހުޅުމާލ

5. އަލްފާޟިލާ ސަމީނާ އިބްރާހިމް، ދޫރެސް / ތ.ވިލުފުށި

6. އަލްފާޟިލާ ޘުރައްޔާ އިބްރާހީމް، މުރިނގު / ތ.ކިނބިދޫ

ލީޑަރޝިޕް އަދި ގަވަރނަންސްގެ ދާއިރާ

7. އަލްފާޟިލާ އާމިނަތު ރީމާ ރަޝީދު، ހ.ލައިޓްސްޓަރ/ކ.މާލެ

8. އަލްފާޟިލާ އާމިނަތު ސޫޒަން ، ހ.ފަހަލަ/ ކ.މާލެ

އާންމުކޮށް އަންހެނުންކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ

9. އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު، މުރީދުގެ / އއ.އުކުޅަސް

އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ

10. އަލްފާޟިލާ އާއިޝަތު ވަހީދާ، ފަރިމާގެ / ސ. ފޭދޫ

ކޮންމެ އަހަރަކުވެސް ދެމުން ގެންދާ ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީގެ ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން މި ވުޒާރާއިން ދެމުން އަންނަ ޚާއްޞަ އެވޯޑެކެވެ.

ރެހެންދި އެވޯޑު ދިނުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާޢި، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ޚިއްޞާ އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތައް ތަޢާރަފުކޮށް، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމެވެ.