logo
banner image
ދިފާޢީ ވުޒާރާ

އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 22:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 23:11 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.