logo
banner image
ދިފާޢީ ވުޒާރާ

މާމިގިލި ޕްރީސްކޫލުގެ ދަރިވަރުން، މާމިގިލި ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

މާމިގިލި ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގެ 51 ދަރިވަރުން މިއަދު ކުރި މި ޒިޔާރަތުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނުންވަނީ އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދީފައެވެ. އަދި އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.