logo
banner image
ދިފާޢީ ވުޒާރާ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ބޯޓުގައި ރޯވި އަލިފާން، އެފް.އާރ.އެސް ފަޔަރފައިޓަރުން ނިއްވާލައިފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް "ހޯކްސް ރޯދި" ތެޔޮ އުފުލާ ބޯޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 13:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު ފަޔަރފައިޓަރުންގެ ޓީމެއް ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.

ދިގުމިނުގައި 40 ފޫޓު ހުރި މި ބޯޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ ރައްޔިތެއްގެ އަތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް ލޯންޗު ހަރަކާތްތެރިވެފައިވެއެވެ.