logo
banner image

އައްޑޫ ސިޓީ ހިތަދޫގައި އައު ސެންޓްރަލް ޕާކެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީ ހިތަދޫގައި އައު ސެންޓްރަލް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ހިތަދޫ ރައްޔިތުންނަށް އާރާމުކޮށްލާނެ، ފެހިކަން ގިނަ މާޙައުލެއް ޤާއިމުކޮށްދިނުމުގެ މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ހަމައެއާއެކު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރުއެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫގައި ތަރައްޤީކުރެވޭ ސެންޓްރަލް ޕާކަކީ އާއިލާތަކާއި ކުޑަކުދިންނަށް ވަގުތު ހޭދަކޮށްލެވޭނެ، އެކި ބޭނުންތަކަށް ފަހިވާނެ ގޮތަކަށް ފަރުމާކުރެވޭނެ ތަނެކެވެ. މިފަދަ ތަންތަން ތަރައްޤީކުރުމަކީ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރެއިން އެއްކަމެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމާއި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.