logo
banner image
ޚާރިޖީ ވުޒާރާ

'ޓޫއޮފްއަސް' ބޭންޑުގެ ފަރާތުން މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރަށް ސަގާފީ ތަކެތި ހަދިޔާކޮށްފި

ދިވެހިރާއްޖޭގެ މިއުޒިކް ބޭންޑެއްކަމުގައިވާ 2ofUs ބޭންޑުގެ ފަރާތުން މެލެޝިއާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ގާއިމްކުރެވިފައިވާ މޯލްޑިވްސް ސެންޓަރަށް ސަގާފީ ތަކެތި ހަދިޔާ ކުރެއްވުމަށް ބޭއްވުނު ހަފްލާއެއް އިއްޔެ ހައިކޮމިޝަނުގައި ބާއްވައިފިއެވެ.

މި ތަކެތި ހަވާލުކޮށްދެއްވީ 2ofUs ބޭންޑް ލީޑަރ އަދި ފައުންޑަރ އަހުމަދު އަދުހަމެވެ. މޯލްޑިވްސް ސެންޓަރުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ މެލޭޝިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ.

މިތަކެތި ހަވާލުކުރުމުގެ ހަފްލާގައި ސަފިރު ވިދާޅުވީ، މެލޭޝިއާ އަކީ އެންމެ ބޮޑު ދިވެހި ކޮމިއުނިޓީއެއް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ގައުމުކަމަށްވާތީ، މިތަކެތީ ބޭނުންކޮށްގެން މެލޭޝިއާގައި ދިވެހި ސަގާފަތް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި 2ofUs ބޭންޑް އިން މި ތަކެތި މޯލްޑިވްސް ސެންޓަރަށް ހަދިޔާ ކުރައްވާފައިވަނީ އެ ބޭންޑުގެ ފަރާތުން ދިވެހި ސަގާފަތާއި ތަރިކަ ރާއްޖެއިން ބޭރުގައި ކުރިއަރުވާ އާލާކުރުމަށް މުހިންމުކަމެއް ދެއްވާތީ ކަމުގައި ފާހަގަކޮށް ސަފީރު އެފަރާތައް ޝުކުރު ދެންނެވިއެވެ.

މިހަފްލާގައި 'މޯލްޑިވްސް ސެންޓަރ' ކެޓަލޮގް ބުކްގެ ސޮފްޓް ލޯންޗިންގ އެއް ބޭއްވުނެވެ. މި ކެޓަލޮގަކީ 'މޯލްޑިވްސް ސެންޓަރު' އިން ދޫކުރެވޭ ސަގާފީ ތަކެތީގެ ތަފްސީލް ހިމެނޭ ކެޓަލޮގެކެވެ.