logo
banner image
ތަޢުލީމީ ވުޒާރާ

ފުވައްމުލަކު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފި

ފުވައްމުލަކު ސްކޫލުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޏ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ފުވައްމުލަކު ސްކޫލުގެ އާ ޢިމާރާތް އެޅުމު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދު އަދި ‎އެމް.ޓީ.ސީ.ސީ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.