logo
banner image
ތަޢުލީމީ ވުޒާރާ

ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގެ މިނިސްޓީރިއަލް ޑައިލޮގްގައި ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެއްޖެ

ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގެ "ޓްރާންސްފޯމިންގ ޓުމޯރޯ ޓުޑޭ: މިނިސްޓީރިއަލް ޑައިލޮގް އޮން ދަ ސްކިލްސް ނީޑްސް ފޯރ އަ ސަސްޓެއިނަބަލް ފިއުޗަރ" ގައި ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މި މިނިސްޓީރިއަލް ޑައިލޮގްގައި، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޑިޖިޓަލް ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރުވާ، އިޖްތިމާޢީ ގޮންޖެހުންތަކަށް ތައްޔާރުކުރެވޭނެ ފަދަ ގޮތަކަށް ތަޢުލީމީ ނިޒާމުތައް ބައްޓަންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި ޞުލްޙަވެރި، އިންސާފުވެރި އަދި ދެމެހެއްޓެނިވި މުޖުތަމަޢު އެއް ބިނާކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރުތަކާއި އަޚްލާޤީ ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއެކު، ކުރިއަރަމުން އަންނަ މަސައްކަތުގެ ދާއިރާތަކަށް ދަރިވަރުން ތަމްރީނުކުރުމުގެ މުހިންމު ކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

މީގެއިތުރުން، 2030 ގެ ޑިވެލޮޕްމެންޓް އެޖެންޑާގެ ތެރޭގައި ހުނަރުތައް ކުރިއެރުވުމާއި، މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމާއި، ރެފިއުޖީ އަދި ޑިސްޕްލޭސްޑް ދަރިވަރުންގެ ހައްޤުތައް ހޯދައިދިނުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއެކު، ޝާމިލުވެއްޓެއްގައި ލައިފް-ލޯންގް ލަރނިންގގެ ފުރުޞަތުތައް ފަހިކުރުން ހިމެނުމުގެ މަޝްވަރާތައް ކުރިއަށްދިޔައެވެ.

އެހެންކަމުން، މި ޑައިލޮގަކީ ’ގްލޯބަލް ސްކިލް އެޖެންޑާ‘ ކުރިއަރުވާ، ސުލްޙަވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރުމަށްޓަކައި ކޮންމެ މީހަކަށް ވެސް ބޭނުންވާނެ ގާބިލިއްޔަތުތައް ހޯދޭނެ މަގުތައް ފަހިކުރުމަށްޓަކަައި ކުރިއަށް ދާ މަޝްވަރާތަކެކެވެ.