logo
banner image
ޚާރިޖީ ވުޒާރާ

ތުރުކީގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހަކާން ފިދާން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތުރުކީގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނާއި، ތުރުކީގެ ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތަކުގެ އަގު ވަޒަންކުރާ ހިނދު، ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ކުރިއަރައި ބަދަހިވަމުންދާތަން ފެންނަ ކަމުގައި އަޅުގަނޑު އުފަލާއެކު ފާހަގަކުރަމެވެ.

އަދި މި ހެޔޮ ދުވެލި ދެމެހެއްޓުމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މަނިކުފާނާއެކު ގާތުން މަސައްކަތްކުރުމުގެ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."