ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ޗެކް ރިޕަބްލިކްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޔާން ލިޕާވްސްކީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޗެކް ރިޕަބްލިކްގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެ އާއި ޗެކް ރިޕަބްލިކާ އާ ދެމެދުގައި އޮތް ގާތް ގުޅުން ދެ ޤައުމަށްވެސް މުހިންމު ދާއިރާތަކުން ފައިދާ ކުރުވަނިވިގޮތެއްގައި އެއްބާރުލުންދިނުމުގައި އަޅުގަނޑު ޔަޤީންކަން އަރުވަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
