logo
banner image

ޅ.ނައިފަރުގައި ސްލިޕްވޭ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޅ.ނައިފަރުގައި ސްލިޕްވޭ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސްލިޕްވޭ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ.ނައިފަރަށް ކުރެއްވި ޒިޔާރަތުގައެވެ.

ނައިފަރު ސްލިޕްވޭ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. އަދި ތްރީވޭ އެންޓަޕްރައިޒަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ހަސަން އިބްރާހީމްއެވެ.

ޅ.ނައިފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްލިޕްވޭ ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

ނައިފަރުގައި ގާއިމްކުރާ ސްލިޕްވޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމަވާ ދެއްވާނެ ކަމަށް ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ސްލިޕްވޭ ގާއިމްވެގެން ދިއުމުން މި ސަރަހައްދުގެ ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރި އުޅަނދުތަކުގެ މަރާމާތުތަކާއި މިނޫންވެސް މަސައްކަތްތަކަށް ރަށުން ސްލިޕްވޭއެއްގެ ހިދުމަތް ލިބުމަކީ ރަށުގެ އިގްތިސޯދުވެސް ކުރިއަރައިދާނެ ކަެކެވެ.