logo
banner image
ޚާރިޖީ ވުޒާރާ

އޮސްޓްރިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

އޮސްޓްރިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފެޑެރަލް މިނިސްޓަރ ފޮރ ޔޫރަޕިއަން އެންޑް އިންޓަނޭޝަނަލް އެފެއާޒް، ބިއާޓަރ މައިނަލް ރައިޒިންގާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ޚާރިޖީ ވަޒީރު މެސެޖު ތިރީގައި މިވަނީއެވެ.

" ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އޮސްޓްރިއާގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ކަމަނާއަށާއި، އޮސްޓްރިއާގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ.

ދިވެހިރާއްޖެ އާއި އޮސްޓްރިއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުވުމަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަމެވެ.

އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."