logo
banner image

އިޤުތިޞާދީ ވަޒީރު ސަޢީދު ހދ.ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލު ކުރައްވައިފި

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ހދ. ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައި، ރަށުގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ސަޢީދު ވަނީ ރަށަށް އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވައި، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރަށުގައި މިހާރު ކުރިއަށްދާ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްޞީލު ވެސް ވަޒީރު ހޯއްދެވިއެވެ.

މިބައްދަލުވުމުގައި ވަޒީރު ސަޢީދު ވަނީ އަންނަ މަހު ޗައިނާއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ވިޔަފާރީގެ ކޮންފަރެންސްގައި ބައިވެރިވުމަށް ނޮޅިވަރަންފަރު ކައުންސިލަށް ދަޢުވަތު ދެއްވާފައެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަކީ ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ފުރުޞަތެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.