logo
banner image

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ފަރާތުން އެސް ޑީ އެމް ވެންޗާސްއާ ބައްދަލުކޮށް، ގަސް އިންދުމުގެ ސާމާނު ހަދިޔާކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ފަރާތުން އެސް ޑީ އެމް ވެންޗާސްއާ ބައްދަލުކޮށް، ގަސް އިންދުމުގެ ސާމާނު ހަދިޔާކޮށްފި

ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ފަރާތުން، އެސް ޑީ އެމް ވެންޗާސްއާ އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުމުގައި، ގަސް އިންދުމުގެ މަސައްކަތަށް ބޭނުންވާ ނާސަރީ ކޮތަޅު، ފަކީރާ، ފެން ކުރާ އަދި 4 ބާވަތެއްގެ ގަހުގެ އޮށް އެސް ޑީ އެމް ވެންޗާސްއަށް ވަނީ ހަދިޔާކުރެވިފައެވެ.

މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސް އިންދުމުގެ ސަގާފަތް އާލާކުރުމަށް ސަރުކާރުން ހިންގަވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެސް ޑީ އެމް ވެންޗާސްގެ އެއްބާރުލުން ހޯދައި، ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ.

މިއަދު ހަދިޔާކުރެވުނު ސާމާނުގެ ތެރޭގައި ހިމެނެނީ ގަސް ހައްދައި ބެލެހެއްޓުމަށް ބޭނުންވާ މުހިންމު ތަކެއްޗެވެ. މި ތަކެތީގެ ސަބަބުން ގަސް އިންދުމުގެ މަސައްކަތުގައި އެސް ޑީ އެމް ވެންޗާސްއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މަޝްރޫޢުގެ ފަރާތުން ބުނެއެވެ. މީގެ ތެރޭގައި ހިމެނޭ 4 ބާވަތުގެ ގަހުގެ އޮށަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް އެކަށޭނަ އަދި އަވަހަށް ބޮޑުވެ ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވާނެ ގަސްގަހުގެ އޮށެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ގަސް އިންދުމުގެ ސަގާފަތް އާލާކޮށް، ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން އިސްކަންދެއްވާ މަޝްރޫޢެކެވެ. މިފަދަ ބައްދަލުވުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން، މަޝްރޫޢުގެ މަޤްސަދުތައް ހާސިލުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް މަޝްރޫޢުގެ ފަރާތުން ފާހަގަކުރެއެވެ.